ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އިން ލައިވްކޮށް ދައްކަމުން ދިޔަ ”ލަވަޔަކުން“ ޝޯގައި ދިވެހި ފިލްމީ ތަރި އާމިރާ އިސްމާއީލް އާ މީހަކު ރައްޓެހިވާން އަހައިފިއެވެ.

އެ ޝޯއަށް ގުޅި މީހަކު އާމިރާ އާ ރައްޓެހިވާން އެހުމުން އާމިރާ ވަނީ އާނބަސް ބުނެފައެވެ.

އެ ޕްރޮގްރާމްގެ ތެރެއިން އާމިރާއަށް ލޯބި ހުށަހެޅީ ފޯނު މެދުވެރިކޮށް ޕްރޮގްރާމްގައި ބައިވެރިވި މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.

އެމީހާ އާމިރާއަށް ލޯބި ހުށަހަޅަނީ އާމިރާ ކައިރީ އަހާލަން ބޭނުންވާ އެއްޗެއް އޮތްތޯ ޕްރެޒެންޓަރު ނަމްޒާ އެހުމުންނެވެ. މުހައްމަދު ފުރަތަމަ ބުނެފައި ވަނީ އޮންއެއާގައި ލޯބި ހުށަހަޅައިފި ނަމަ އާމިރާ ބުނާނީ ކީކޭތޯއެވެ. ވަރަށް ބޮޑު ސުވާލެއް ކަމަށް ބުނެ، ނަމްޒާ އެ ސުވާލު އާމިރާ އަށް ޕާސްކޮށްލުމުން އާމިރާ ވަނީ ކޮންމެ ކޮންމެ މީހަކު އަހައިގެން އާނއެކޭ ނުބުނެވޭނެ ކަމަށާއި އެހެންނަމަވެސް މުހައްމަދަކީ ކާކުކަން އާމިރާ އަށް އިނގޭ ކަމަށެވެ.

https://www.tiktok.com/@maldiviancontent/video/6989382758992858370

ނަމްޒާ އާއިރާ ކައިރީ ބުނާނީ ކީކޭތޯ އާއި އޮންއެއާގައި އާނއެކޭ ބުނެވިދާނެތޯ އެހުމުން މުހައްމަދަކީ ކާކުކަން އެނގޭތީ އާނއެކޭ ބުނާނެ ކަމަށް ބުންޏެވެ.

އާމިރާ އެހެން ބުނުމުން މުހައްމަދު ވަނީ ލޯބި ހުށަހަޅައިި ރައްޓެހިވާން އަހާފައިއެވެ. ޖަވާބުގައި އާމިރާ ވަނީ އާނއެކޭ ބުނެ މުހައްމަދަށް ރުހި ގަބޫލުވެފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން، މުހައްމަދު އާމިރާއަށް ހިތް ކިޔާތާ އެތައް ދުވަހެކެވެ. ލޯބި ހުށަހަޅާނެ ރަނގަޅު ފުރުސަތަކަށް ބަލަބަލާ ހުއްޓާ އޮން އެއާ ލައިވް ޕްރޮގްރާމެއްގައި އެކަން ކޮށްކަން ލިބުމުން މުހައްމަދު ހުރީ އުފަލުން ފޮޅިފައެވެ.