ރޭ ހުޅުމާލެއިން ބާރުގަދަ އަޑެއް ގޮވާފައި ވަނީ ވެކްޑިން މަސައްކަތް ކުރަނިކޮށް ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ބޯގަންވިލާ މަގު ސަރަހައްދުގައު ރޭ 12:35 ހާއިރު ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތް ކޮށް އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައިވާ ކަމަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި މީސްމީހުންނާއި ސުވާލުކޮށް ބެލިބެލުމުގައި އެ ބާރުގަދަ އަޑު ގޮވާފައި ވަނީ ވެލްޑިން މަސައްކަތް ކުރަނިކޮށް ހިނގި އެކްސިޑެންތެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާ ހިންގާފައި ވަނީ ލޮޓް ނަންބަރު 1138ގެ ޓެރަސް މަތީގައި ވެލްޑިން މަސައްކަތެއް ކުރަމުން ދަނިކޮށް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ގޮވުމުގެ އަޑު އިވުނު އެހެން ބައެއް މީހުން ބުނީ އިވުނީ، ހަވާ އަރުވާއިރު ގޮވާކަހަލަ ބާރުގަދަ އަޑެއް ކަމަށާއި އޭގެތެރެއިން ވެސް އެންމެ އަޑުގަދަ ގޮވުމާ އެއްފަދަ އަޑެއް ކަމަށެވެ.

ހުޅުމާލޭގައި ބާރުގަދަ އަޑެއް ގޮވައިގެން ރޭ ފުލުހުން ހަރަކާތްތެރިވެފައި ވާއިރު، މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު މާލޭގައި ވަނީ ބޮމެއް ގޮއްވާލާފައެވެ. އެ ބޮން ގޮއްވާލާފައިވަނީ ރައްޔިތުިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ކަމަށް ފުލުހުން ބުނާއިރު އެ ފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދަނީ ތަހުގީގު ކުރަމުންނެވެ.