މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މައްޗަށްޖެހިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 56،166 އެވެ. އަދި މި މަހު އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 65،382 އެވެ. މިއާ އެކު މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މި ވަނީ 575،931 އަށް އަރަފާއެވެ.

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފްސީލް:

  • ޖެނުއަރީ: 92،103
  • ފެބްރުއަރީ: 96،882
  • މާޗް: 109،585
  • އޭޕްރީލް: 91،200
  • މެއި: 64،613
  • ޖޫން: 56،166
  • ޖުލައި: 65،382

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

އެހެންކަމުން މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ މިދޔަ އަހަރު އައި ފަތުރުވެރިން އައި އަދަދުވެސް މުގުރާލާފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެއެވެ.

މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. އެއީ މިއަހަރު ތެރޭ 136،955 ފަތުރުވެރިން ޒިޔާރަތް ކޮށްގެންނެވެ. މި ލިސްޓުގެ ދެވަނައިގައި އިންޑިއާ އޮތީ 94،927 ފަތުރުވެރިންނާ އެކުގައެވެ. އަދި ތިންވަނައިގައި 31،617 ފަތުރުވެރިންނާ އެކު އޮތީ ޖަރުމަނެވެ.