މި އަހަރުގެ "ވޯލްޑް ޓްރެވަލް އެވޯޑް" ގެ 10 އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، 28 ވަނަ "ވޯލްޑް ޓްރެވަލް އެވޯޑް" އިން ވަނީ ދިވެހިރާއްޖެ "އިންޑިއަން އޯޝަން" ކެޓަގަރީގެ 10 ދާއިރާއަކުން އެވޯޑަށް ނޮމިނޭޓް ވެފައި ކަމަށެވެ. މިއީ މުޅި ދުނިޔޭގައި ޓްރެވަލް، ޓްރޭޑް އެންޑް ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކުރެވޭ މަންޒިލްތަކަށް ދޭ އެވޯޑެކެވެ.

އެވޯޑަށް ރާއްޖެ ނޮމިނޭޓްވެފައިވާ ކެޓަގަރީ ތަކަކީ:

  1. އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021
  2. އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން 2021
  3. އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021
  4. އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021
  5. އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2021
  6. އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2021
  7. އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021
  8. އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021: މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް
  9. އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2021
  10. އިންޑިއަން އޯޝަން ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2021

މީގެ އިތުރުން ވެސް ރާއްޖެ ވަނީ ވޯލްޑް ކްރޫސް އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްތް ކްރޫސް ޑެސްޓިނޭޝަން 2021 އަށް ވެސް ނޮމިނޭޓްވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ވޯލްޑް ކްރޫސް އެވޯޑްސްއަކީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދަށުން ދުނިޔޭގެ ކްރޫސް ދާއިރާގައި ފާހަގަ ކުރެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 575،931 އެވެ. މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 56،166 އެވެ. އަދި މި މަހު މިހާތަނަށް ރާއްޖެއަށް ވަނީ 65،382 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. މި ލިސްޓުގެ ދެވަނައިގައި އިންޑިއާ، އަދި ތިންވަނައިގައި އޮތީ ޖަރުމަނެވެ.