މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ،. މާލޭ އަލިކިލެގެފާނު މަގުގައި އެންޑީއޭ ކައިރިން މީހެއްގެ ގައިގާ ޖަހައި މާރާމާރިއެއް ހިންގި މައްސަލައެއްގެ ރިޕޯޓް މިއަދު ހަވީރު 5:23 ހާއިރު ލިބިފައިވާ ކަމަށެވެ. މިހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އަނިޔާވި މީހާ މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.