އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 5 ރަށެއްގެ ބައި-އިލެކްޝަންގައި ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި އިންތިހާބުގައި ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފާ ވަނީ އޮންލައިން ކޮންނެވެ.

އޮގަސްޓް 7 ،2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފާ ވަނީ މިއަދު ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.

މި ފުރުސަތުގައި ރަޖިސްޓަރީ ވާނީ ހދ. ނޮޅިވަރަން، ނ. މަގޫދޫ، ނ. ކެނދިކުޅުދޫ، ކ. ދިއްފުށި އަދި އއ. ފެރިދޫ، ރައްޔިތުންނެވެ.

ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކޮށްފައި ކަމަށާއި އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައި ކަމަށްވެސް އިލެކްޝަންއިން ބުނެއެވެ.

މިއީ އެ ކޮމިޝަނުން ކުރިއަށް އޮތް އިންތިހާބު ތަކުގައިވެސް އޮންލައިންކޮށް، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާކަމަށް އިލެކްޝަނުން ބުނެއެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.