ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެ އާދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނަށާއި ވޯކްޕާމިޓް ހޯލްޑަރުންނަށް، 72 ގަޑި އިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އަކާ އެކު ރާއްޖެ އާދެވޭނެއެވެ.
އަދި ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައި ވާ ފަރާތްތަކުގެ ތެރެއިން 60 ދުވަސް ނުވާ މީހުނަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
60 ދުވަސް ގުނަން ފަށާނީ ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި ކޮވިޑްޖެހި، ބަލިން ރަނގަޅުވެފައިވާ ފަރާތްތަކާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓްހަދަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާއި ކޮވިޑްޖެހި 60 ދުވަސް ނުވާ މީހުން 14 ދުވަސް ކަރަންޓީން ވާން ޖެހޭނެއެވެ.
ރާއްޖޭން ބޭރުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަށް ދަތުރުކުރާ ގައުމުގެ ހާލަތަށްބަލާ މި އުސޫލަށް ބަދަލު އައިސްދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.