ސްޓެލްކޯއިން ބެހެއްޓި ވަގުތީ ޖަނަރޭތަރުތައް ބޭނުން ކުރުން ހުއްޓާލާފައި ވަނިކޮށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މައްސަލައާ ގުޅިގެން ސްޓެލްކޯއަށް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ މާލޭގައި ސްޓެލްކޯ އިން ވަގުތީ ޖަނަރޭޓަރުތަކެއް ބަހައްޓާފައި ވާ ސަރަހައްދުތަކުގައި އަޑު ގަދަވުމާއި ދުން ހޮޅިތަކުން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ސިއްހަތަށް ނުރައްކާވަމުންދާ މައްސަލައާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، މާލޭ އިންޖީންުގެ މިހާރު އެ ވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ސިއްހީ ގޮތުން އަދި އެހެން ހުރިހާ ގޮތަކުން ވެސް މުސީބާތަކަށް ވެފައި ކަމަށެވެ. ސްޓެލްކޯ އިންޖީނުގެ ބޮޑުކުރަމުން އެގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި މިކަމަށް ހައްލު ނުގެނެސް އެއްވެސް ކަމެއް ކުރުމަކީ ކުށެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު މިދިޔަ ހުކުރު ދުވަހު އެ ޖަނަރޭޓަރުތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ.

މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް، ކުޑަކުދިންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ވަގުތީގޮތުން ޖަނަރޭޓަރުތަކެއް ބެހެއްޓީ މާލެއާ ހުޅުމާލެ ގުޅާލާ ކަރަންޓް ވިއުގައިގެ މަސައްކަތް ހިނގަމުން ދާއިރު މާލެއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވެ ލޯޑުބޮޑުވެގެން ކަރަންޓު ނުކެނޑި ހިފެހެއްޓުމަށެވެ.

މިހާރު ހުޅުމާލެއާއި މާލެ އެއްކަރަންޓަކުން ގުޅާލައި ޓެސްޓްކޮށްވެސް ނިމިއްޖެއެވެ.