ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރޮއިޓާޒްގެ މަޝްހޫރު ފޮޓޯ ޖާނިސްޓް، ދާނިޝް ސިއްދީގެ މަރުގެ ޒިންމާއަށް، ހަތިޔާރު އެޅި ހަނގުރާމަވި ތޯލިބާން ޖަމާއަތުން އިންކާރު ކޮށްފިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށް ވާ ޕުލިޓްޒާ ޕްރައިޒްވެސް ހާސިލުކޮށްފައިވާ ދާނިޝް ސިއްދީގީ މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު، ތޯލިބާން ހަނގުރާމަވެރިންނާއި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ބަދަލު ކުރި ހަމަލާތަކުގައި، ޕާކިސްތާނުގެ ބޯޑަރާ ދާދި ކައިރީގައި ކަމަށް އަފްގާން ކޮމާންޑަރަކު ވަނީ ހާމަކުރައްވާފައެވެ.

ކަންމިހެން އޮތް އިރު، ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުއްލާ މުޖާހިދު ބުނީ، ނޫސްވެރިޔާ މަރުވީ ކޮން ފަރާތަކުން ދިން ހަމަލާއެއްގައި ކަން ބުނެދޭން ނޭނގޭ ކަމަށާ، އޭނާ މަރުވި ގޮތެއްވެސް ބުނެދޭން ނޭނގޭ ކަމަށެވެ.

ޖުލައި 17، 2021 ވަނަ ދުވަހު ހަމަލާގެ މައިދާނުގައި މަރުވި ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގީ ނަގާފައި ވާ ފޮޓޯއެއް / ފޮޓޯ: ދާނިޝް ސިއްދީޤި | ޓްވިޓާ

މުޖާހިދު ބުނީ، ހަނގުރާމައިގެ މައިދާނަށް ނޫސްވެރިއަކު ވަންނަނަމަ އެ ޖަމާއަތަށް އެކަން އަންގަން ޖެހޭ ކަމަށެވެ. އެފަދަ ހާލެއްގައި އެ ފަރުދަކާ މެދު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ތޯލިބާނުންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

ދާނިޝް ސިއްދީގީގެ މަރާ މެދު ހިތާމަ ކުރާ ކަމަށާ، ހަނގުރާމައިގެ މައިދާނަށް އޭނާ ވަތް އިރު، އަންގާފައި ނުވާތީ އެކަމާވެސް ހިތާމަ ކުރާ ކަމަށް ތޯލިބާނުން ބުނެއެވެ.

ޖުލައި 17، 2021 ވަނަ ދުވަހު ހަމަލާގެ މައިދާނުގައި މަރުވި ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގީ ނަގާފައި ވާ ފޮޓޯއެއް / ފޮޓޯ: ދާނިޝް ސިއްދީޤި | ޓްވިޓާ

ހަބަރު ލިބޭ ގޮތުގައި ދާނިޝް ސިއްދީގީ މަރުވެފައި ވަނީ، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ މެންބަރަކާއެކު ރިޕޯޓް ކުރަމުން ދަނިކޮށެވެ.

ޖުލައި 17، 2021 ވަނަ ދުވަހު ހަމަލާގެ މައިދާނުގައި މަރުވި ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގީ ނަގާފައި ވާ ފޮޓޯއެއް / ފޮޓޯ: ދާނިޝް ސިއްދީޤި | ޓްވިޓާ

ދާނިޝް ސިއްދީގީއާއި އޭނާއާއެކުގައި މަސައްކަތް ކުރާ އަދުނާން އާބިދީ، 2018 ވަނަ އަހަރު ޕުލިޓްޒާ ޕްރައިޒް ހާސިލު ކުރީ، ރޯހިންޏާ ރެފިއުޖީ ކާރިސާގެ ތަސްވީރުތަކަކާއެކުގައެވެ. މި ދެ މީހުންނަކީ، އިންޑިއާއަށް ނިސްބަތްވާ ނޫސްވެރިންގެ ތެރެއިން މި ޝަރަފު ހާސިލު ކުރި ފުރަތަމަ ނޫސްވެރިންނެވެ.

ދާނިޝް ސިއްދީގީއަކީ އަފްގާނިސްތާނުގެ މަސްރަހުން ގިނަ މަންޒަރުތަކެއް، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާ ކޮށްފައިވާ ނޫށްވެރިއެކެވެ. އެންމެ ފަހުން މިފަދަ ތްރެޑެއް ސޯޝަލް މީޑިއާއަށް ދޫކޮށްލީ ޖުލައި 13 ވަނަ ދުވަހުއެވެ.