ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މިދިޔަ އަހަރު ނޯޕޭއަށް ފޮނުވި ހުޅުލޭ އައިލޭންޑް ހޮޓެލް (އެޗްއައިއެޗް) ގެ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުންތަކެއް ކުއްލިއަކަށް ވަޒީފާއިން ވަކި ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮޓެލުން ވަޒީފާިއން މީހުން ވަކިކޮށްފައި ވަނީ ކޮވިޑްގެ ހާލަތުގައި އެ ހޮޓަލުން ނޯޕޭއަށް ފޮނުވާލި މުވައްޒަފުންނެވެ. އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދީފައިވާ ލިޔުމުގައި ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން މިހާރު އެ ކުންފުނީގެ މަސައްކަތަކަށް ގެނެސްފައިވާ ބަދަލާއެކު އެ މުވައްޒަފުން ބޭނުން ނުވާނެތީ އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ކަމަށެވެ.

އެޗްއައިއެޗް އިން ވަޒީފާިއން ވަކިކުރުމަށް އެތަނުގެ މުވައްޒަފަކަށް ފޮނުވި ސިޓީއެއް އާންމުކޮށް ނައިފަރު ދާއިރާގެ މްނަބރު އަހްމަދު ޝިޔާމް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ޝިޔާމް ވިދާޅުވީ، އެމްއޭސީއެލްގެ 65 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކުން، އެ ކުންފުނީގެ މުވައްޒަފުންތަކެއް އެއް އަހަރު ދުވަހު ނޯޕޭ ލީވްއެއްގައި ބޭތިއްބުމަށް ފަހު ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ އެ އާއިލާތަކަށް ދެވުނު ނިކަމެތި ކަމެއް ކަމަށެވެ.