މިރޭ 5 ގަޑިއިރަށް ފްލޫނިޔާ މަގުގެ ބައެއް ގޭބިސީތަކުން ފެން ކަނޑާލަން ޖެހޭ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

މިރޭ މާލޭގެ ފުލޫނިޔާ މަގުގެ ބައެއް ގެތަކުން ފެން ކަނޑާލަން ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތާ ގުޅިގެންނެވެ. އެމްޑަބްލިއުއެސްސީން ބުނީ، އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ފްލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން މިރޭ އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާއި ދެމެދުން ފްލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީއަކުން ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި ފެނުގެ ހިދުމަތް ކަނޑާލާނީ މިރޭ 11:00 އިން ފެށިގެން ފަތިހު 4:00 އަށް ކަަމށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި މި މަސައްކަތް ކުރުމަށް ފެންކަނޑާލާތީ އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ފެން ކުންފުނިން ބުނެއެވެ.