މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލަން ގޮވާލައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަށް ރައްދުދެއްވައިފިއެވެ.

އުޝާމް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން ދިއުމަށް ކުރާ ކެމްޕެއިން އަކީ ހަރުކަށި އިންޒާރު ދިނުން ނޫން ކަމަށެވެ.

އުޝާމް މިފަދައިން ވިދާޅުވީ ޝަރީފް މީގެ ކުރިން ސޯޝަލް މީޑިޔާ ގައި އިންޑިޔާގެ ހައި ކޮމިޝަން އާ ދެކޮޅަށް ކޮށްފައިވާ ހަރުކަށި އިންޒާރުތަށް ވަރަށް ބޮޑަށް ކުއްވެރި ކުރާކަމަށް ވިދާޅުވެފައި ވާތީއެވެ.

މިކަމުގައި އިތުރަށް އުޝާމް ވިދާޅުވީ އިންޑިއާ ހައިކޮމިޝަނަށް އެއްވެސް މީހަކު ހަރުކަށި އިންޒާރެއް ނުދޭކަމަށެވެ.

މިކަމާއި ގުޅުގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު އޮންނަ ހާރިޖީ ސިޔާސަތު އޮންނަ ގޮތުން ގައުމީ އަދި ބައިނަލްއަގްވާމީ މުޖުތަމައު އަކަށް އެކަށީގެން ނުވާކަން މި އިން ސާފުސީދާ ކޮށް ބަޔާންވެގެން ވާކަމަށެވެ.

އަދި ދިވެހިންނަކީ އިހުތިރާމާއި އަމާން ކަމަށް ލޯބި ކުރިބަޔަކަށްވި ނަމަވެސް އެ މީހުންގެ ފަރާތުން ބާރުވެރިކަން ފޯރާނަމަ އެކަމެއް ތަހައްމަލު ނުކުރެވޭނޭ ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހަބަރު ފަތުރާ ކަމަށް ބުނެ ހައި ކޮމިޝަނުން ސަރުކާރަށް ވަނީ މިދިޔަ ހަފްތާ ތެރޭގައި މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އިންޑިއާ އަށް އަމާޒުވެފައެވެ.

ރާއްޖެއިން އިންޑިޔާއާ ބާއްވާ ހާއްސަ ގުޅުމުގެ ތެރެއިން އިންޑިއާއިން އެދޭހާ ކަމަކަށް ރާއްޖެއިން އާނ ބަސް ބުނާ ކަމަށް ބުނެ ދިވެހިސަރުކާރަށް ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ.