ކ. ކާށިދޫގައި މަގުމަތިން ދިޔަ ފިރިހެން ކުއްޖެއް ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށެވެ. މި މައްސަލަގައި އަނިޔާ ލިބުނު ފިރިހެން ކުއްޖާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ކުއްޖާއަށް ސީރިއަސް އަނީޔާއެއް ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލައިގައި އަނިޔާވި ފިިރިހެން ކުއްޖާގެ އުމުރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މާރާމާރި ހިންގި ކަމުގެ ތުހުމަތު އޮތީ ކޮން ބަޔަކަށް ކަންވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ކާށިދޫން ފިރިހެން ކުއްޖެއް ގަިއގާ ޖަހާ މާރާމާރި ހިންގި މައްސަަލައެއް ފުލުހުން ބަލަމުން އަންނަ ިއރު މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ވަނީ މާލޭގައި ކިޑްނެޕްކޮށްފައިވާ ފިރިހެން ކުއްޖެއް މަރާލާފައި އޮއްވާ ފެނިފައެވެ.