ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކައިރިއަށް މިއަދު ހަވީރު 5:07 ހާއިރު ބަޔަކު އެއްވެ މަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސލައަ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނުވެއެވެ. ހަމައެއާއެކު އެތާ ކައިރިއަށް އެއްވެ ބަޔަކު ހަމަނުޖެހުން ހިންގާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަން ވެސް ސާފުވާ ގޮތެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގާފައި ވަނީ ވަރަށް ޒުވާން އުމުރުގެ ބައެކެވެ. މީހާރު އެ ސަރަހައްދުގައި އެސްއޯ ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.