ގެއްލިގެން ހޯދަމުން ދިޔަ 20 އަހަރުގެ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ފެނުނީ ކޮން އިރަކު ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަބޫބަކުރު އިބްރާހިމް ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އަބޫބަކުރު އިބްރާހީމްގެ ހަބަރެއް އެންމެ ފަހުން ވީ އިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާ އެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.