4.5 މިލިއަން ލީޓަރުގެ ތެޔޮ ހުރި އެސްޓީއޯގެ ބޯޓަށް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، 4.5 މިލިއަން ލީޓަރު ތެޔޮ ބަރުކޮށްގެން ދަތުރު ކުރި އެސްޓީއޯގެ ތެޔޮ ބޯޓު "އެމްވީ އަލިހުރަސް" ގދ. ފަރެސްމާތޮޑާ ކައިރިން ދިޔަވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހު 3:10 ހާއިރު ލިބިފަިއވާ ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑުގެ ޑައިވަރުންގެ އެހީތެރިކަމާ އެކު އެ ބޯޓު ދިޔަވުން ހުއްޓުވިފައިވާ ކަމަށް އެމްއެންޑީއެެފުން ބުނެއެވެ.

އަދި މިހާރު ވަނީ ދިޔަވާތަން ދެނެގަނެވިފައި ކަމަށާއި އިތުރު ގެއްލުމެއް ބޯޓަށް ލިބިފައި ވޭތޯ ބަލަމުންދާ ކަަމަށެވެ.

އެ ބޯޓުގައި 4322.735 ކިލޯލީޓަރުގެ ޑީސަލް އާއި 456.514 ކިލޯލީޓަރުގެ ޕެޓްރޯލް ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެބޯޓުގައި 17 ދިވެހިން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.