ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަބްރާ ނޫރައްދީން، "ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް" ގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ސަބްރާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ ސްޓެޓް މިނިސްޓަރުންގެ ފެންވަރުގައި ކްލައިމެޓް އެމަޖެންސީ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ސަބްރާ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ނޫރައްދީނުގެ ދަރިކަނބަލެކެވެ. އަދި ސަބްރާގެ މަންމަ އަކީ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ދައްތާ ފުޅެވެ.

މީގެ ކުރިން ސަބްރާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައެވެ.