ސަން މީޑިއާ ގުރޫޕުގެ ސީއީއޯ އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އެ ނޫހުން ވަކިވެވަޑައިގެން އަމިއްލަ ނޫހެއް ހެއްދުވުގެ މަސައްކަތަށް ވަޑައިގެންފިއެވެ. އޭނާ ވަނީ މިހާރު ނޫހުގެ ކުރީގެ އެޑިޓަރު މޫސާ ލަތީފު އާ އެއް ޓީމެއްގައި އަމިއްލަ ނޫހެއް ހައްދަވާ ވާހަކަ ވިދާޅުވެފައެވެ.
އޭނާ ސަން އިން އިސްތިއުފާ ދެއްވާފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ. އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވިދާޅުވީ، 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަން ނޫހަށް ހިދުމަތް ކޮށްދެއްވުމަށް ފަހު އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތެެއް ކުރެއްވުމަށް ކަމަށެވެ. އަދި ސަން އިން ވަކިވެވަޑައިގެން ކަމުގައި ވީ ނަމަވެސް މީޑިއާއަށް ހިދުމަތް ކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަން ގެ ޓީމާ އެކު މަސައްކަތް ކުރެއްވި އިރު ލިބިވަޑައިގެން ތަޖުރިބާ އަކީ ހަނދާނުން ފޮހެލައްވަން ދަތި ދުވަސްތަކެއްގެ ގޮތުގައި ހިރިގާ ސިފަ ކުރައްވައެވެ.
މިހާރު ނޫހުގައި މަސައްކަތް ކުރި ބައެއް ސީނިއާ ނޫސްވެރިންނާއި މުވައްޒަފުން އަދި ސަންގެ ބައެއް ނޫސްވެރިންވެސް ހިރިގާއާއި މޫސާ ލަތީފު އިސްވެ ހުންނަވާ ހައްދަވާ ނޫހާ ގުޅިފައިވާކަމަށް މައުލޫމާތު ލިބެއެވެ.