ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާ އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑރ އަބްދުލްހަންނާން ވަހީދެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް

  1. ޑރ. އަބްދުލްހަންނާނު ވަހީދު، ދަފްތަރު. ނަންބަރު ރސ 2968 (ޗީފް އެގްޒެކެޓިވް އޮފިސާ) (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު)
  2. ހަދީޖާ އާދަމް، ގ.އަލަފަރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔާ އެޑިޔުކޭޝަން (މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު)
  3. ޑރ. އަހްމަދު އަލީމަނިކު، މއ.މާނިކަ (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަން ކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
  4. ޑރ. އާއިޝަތު ރީޝާ، މ.ސްނޯޑައުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
  5. ޑރ. މުހައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލަރު / ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (ދިވެހިރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން އައްޔަންކުރާ 1 މެންބަރު)
  6. އާދަމް ހަލީމް، ދަފްތަރު. ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން އައްޔަންކުރާ 1 މެންބަރު)
  7. މޫސާ މުހައްމަދުމަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރ / ވިލާ ކޮލެޖް (ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން އައްޔަންކުރާ 1 މެންބަރު)

ޑރ އަބްދުލްހަންނާން މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. އަދި މި ގާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދެވީ ޑޮކްޓަރ އަބުދުލްހަންނާނެވެ.

މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީ.އީ.އޯގެ މަގާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ޑރ ޢަބުދުލްޙަންނާން ފުރުއްވާފައި ވެއެވެ. ޑރ އަބުދުލްއަންނާން ޕީއެޗްޑީ ހާސިލު ކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.