މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް، 6 ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގައި 700،000 ރުފިޔާއާ ހަމަ އަށް ލޯނު ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިރޭ އިއުލާން ކުރި ލޯނު ސްކީމްގެ ތަފުސީލުތަކަށް ބަލާއިރު، އެ ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެ އެޅުމަށް ނުވަތަ މަރާމާތު ކުރުމަށް ނުވަތަ ހަދަން ފަށާފައި ހުރި ތަނެއް ނިންމުމަށެވެ. ހަމައެއާއެކު ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރާނީ ހަތް ލައްކަ ރުފިޔާ ކަމަށާއި ލޯން ދޭނީ އިމާރާތް ކުރާ ބިން މޯގޭޖް ކުރާ ގޮތަށް ކަމަށް ސަރުކާރުން ބުނެއެވެ.

ލޯނުގެ އަދަދާއި ދައްކަން ޖެހޭ ގޮތުގެ ތާވަލް

އިމާރާތް ކުރުމަށް 12-15 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދޭނެ ކަމަށާއި ލޯނު އަނބުރާ ދައްކަން ޖެހޭނީ 20 އަހަރުން ކަމަށް ހައުސިން މިނސިްޤތޜްިން ބުނެއެވެ އަދި މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ހިމަނަން ޖެހެއެވެ. ލޯނުގެ ގޮތުގައި ދޫކުރާނީ ޕްރޮޖެކްޓްގެ 80 ޕަސެންޓް ކަމަށާއި ބާކީ 20 ޕަސެންޓް ދައްކާނީ ލޯނު ނަގާ ފަރާތުން ކަމަށް ވެސް ހައުސިން އިން ބުނެއެވެ. އަދި ގެދޮރު ހަދަން 700،000 ރުފިޔާގެ ލޯނު ނަގާ ނަމަ، 20 އަހަރުގެ ތެރޭގައި ކޮންމެ މަހަކު 5015 ރުފިޔާ ލޯނަށް ދައްކަން ޖެހޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މި ލޯނަށް ޝަރުތު ހަމަވަނީ، ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި، ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.

މި ލޯނު ދޫކުރާނީ އެޗްޑީއެފްސީން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.