ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ހުރުމަތާއި ގަދަރަށް އުނިކަމެއް ގެނެސްފައި ވާކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި މައްސަލަ ބަލައި ދިނުމަށް ފޮނުއްވާފައި ވަނީ، އެމަނިކުފާނަށް އަމާޒުކޮށް ހަމަލާއެއް ދީ އެ ހަމަލާގެ ތަހުގީގު ކުރިއަށް ދާ އިރު ވަކިވަކި ސިފައިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމި ނިންމުމާ ގުޅިގެންނެވެ.
މަޖިލީހުން ބުނީ، އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 99 ވަނަ މާއްދާއާއި 239 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ(ހ) އާއި (ރ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ ބާބާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ އެ ކޯޓުގެ ނަންބަރު 28/SC-AD/2010 ލަފައާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެމްއެންޑީއެފްގެ އެ ނިންމުމަކީ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމަކަށް ވާތީ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް މަޖިލީހުން ބުނެއެވެ.
އެގޮތުން މިނިސްޓާ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއަށް މައްސަލަ ފޮނުއްވާފައި ކަމަށް މަޖިލީހުން ބުނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ފޮނުއްވާފައި ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.
އެމްއެންޑީއެފްގެ މި ނިންމުން ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، އާންމު ސިފައިންގެ މީހާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް އޭގެ މަތިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަަށެވެ. އެމަނިކުފާނު އަވަހާރަ ކޮށްލަން ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އިންްޑިޔާއަށް ޤައުމު ވިއްކާލާ ނުނިމެނިސް މިކަން ނިންމަންއުޅޭ.
މަޖިލީހާށް އެމް.އެން.ޑީ.އެފް ގެ ސިފައިންގެ ބަދަލުގަ އިންޑިޔާ ސިފައިން ޖަވާބު ދާރީވާން ގޮސްދާނެކަމަށް ސުދީރު އޯކޭ ވެދާނެ.
މިއުޅެނީ ރާއްޖޭގެ އަމަން ބަލަހައްޓަންވެސް އިންޑިއާ އާއި ހަވާލުކުރެވޭނޭ މަގެއް ކޮށަންކަމަށް ވެދާނެ.