ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޑިރެކްޓާ ކައުންޓާ ޓެރަރިޒަމް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ހާޒިރުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ކުރެއްވި ޓްވީޓެއްގައި ބުނީ ‏241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި އެސްޕީ ފަރީދު އާ ސުވާލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ފުރަތަމަ ހާޒިރުކޮށްފައިވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ހާޒިރުވުމަށް ސީޕީ ހަމީދު ހިމެނޭހެން އިތުރު ފުލުހުންނަށް ވެސް ވަނީ ނޯޓިސް ދީފައެވެ.

ފުލުހުންގެ މުއައްސަސާއިން ވަނީ ކޮމިޓީން އެދޭ ވަކިވަކި ފުލުހުން ވެސް ހާޒިރު ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެފައެވެ.