ދ. ބަނޑިދޫން ކޮވިޑް ބަލީގައި އުމުރުން 77 އަހަރުގެ މީހަކު މަރުވެއްޖެއެވެ.
މިއީ މި ބަލީގައި އެ ރަށުން މަރުވި ފުރަތަމަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު ކޮވިޑް ބަލީގައި މަރުވެފައި ވަނީ ދ. ބަނޑިދޫން އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް ނުވަތަ ނޫން ކަމެއް އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.
މި މަރާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 175 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 453 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ.
އަދި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.