ކޮވިޑް ޖެހިގެން ރާއްޖެއިން ފުރަތަަމަ ފަހަރަށް ކުޑަކުއްޖަކު މަރު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ މަރުވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މަރުވެފައި ވަނީ އުމުރުނުް 10 އަހަރުގެ އަނހެން ކުއްޖެކެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި ފުރަތަމަ ކުޑަކުއްޖާއެވެ.

އޭނާ މަރުވެފައި ވަނީ އައިޖީއެމްއެޗް އީއާރަށް ގެންގިސް ފަރުވާ ދެމުން ދަނިކޮށްށެވެ. އަދި އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

މި މަރާ އެކު ރާއްޖެއިން މި ބަލިގައި މަރުވި މީހުންގެ އަދަދު ވަނީ 170 އަށް އަރާފައެވެ. އަދި މިއީ މި މަހުގެ ނުވަ ވަނަ މަރެވެ.

އިއްޔެ ކޮވިޑް ބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ. އެއީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްއަށް ގެންދިޔަ 88 އަހަރުގެ ދިވެހި އަންހެނެއް ހިމެނެއެވެ. ހަމައެއާއެކު އެޗްއެމްއެފްއިން ފަރުވާ ދެމުން ދަނިކޮށް މިއަދު 5 މީހުން މަރުވެފައިވެއެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެއް ގެ އިތުރުން 83 އަހަރުގެ އަންހެނެކެވެ. މީގެ އިތުރުން މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނަކާއި ޑީއެޗް 11 ފަރުވާ ދެމުންދިޔަ 42 އަހަރުގެ އަންހެނެއް ވެސް ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ 451 ދުވަސްވެފައިވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.