އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުން ބަދަލު ކޮށްފިއެވެ.

އެގޮތުން އެ ގްރޫޕްގެ ކޮމާންޑިން އޮފިސަރެއްގެ ގޮތުގައި ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު ވަނީ އައްޔަން ކޮށްފައެވެ. އެ މަގާމުގެ އިތުރަށް ޑެޕިއުޓީ ކޮމާންޑަރުގެ މަގާމަށް މޭޖާ މޫސާ ރަމީޒް އަދި އެސްޕީޖީގެ ފަސްޓް ސާޖަންގެ މަގާމަށް އަބްދުﷲ ޖަމީލު ވެސް މިއަދު ވަނީ އައްޔަން ކޮށްފައެވެ.

މުއިއްޒަކީ ކުރިން ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް، ދާދިފަހުން ކޯޓު އަމުރުގެ ދަށުން ޕްރޮމޯޝަނާ އެކު ވަޒީފާ ދިން ބޭފުޅެކެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައި މި ވަނީ، މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވަނިކެވެ. އަދި އެ ހަމަލާއާ ގުޅިގެން ނަޝީދުގެ ސެކިއުރިޓީ "ފޫއެޅި" ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށެވެ.