މޫސުމަށް ސަމާލުވުމަށް އަންގައި ހއ. އަތޮލޫން ޅ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާ މެތް އޮފީހުން ބުނީ، ޔެލޯ އެލާތް ނެރެފައި ވަނީ މިރޭ 10:00 އިން ފެށިގެން ދަންވަރު 2:00 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ. މި ވަގުތުތަކުގައި އެ ހިސާބުގެ ރަށްރަށަށް އެލާތް ނެރެފައިވާ ވަގުތު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެތް އޮފީހުން ބުނެއެވެ.
އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މި ސަރަހއްދަށް ޔެލޯ އެލާޓް ނެރެފައި ވާއިރު އެ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދަށް ވެސް މުސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ވައިޓް އެލާޓް ނެެރެފައެވެ. މި އެލާޓް ނެރެފައި މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށް މެތް އޮފީހުން ބުނެއެވެ. މި ސަރަހއްދަށް ވެސް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ބައެއް ރަށްރަށަށް ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައެވެ. އަދި މިއަދު ކުރި ވިއްސާރައިގައި ބައެއް ރަށްރަށަށް ވަނީ ދިޔަވަރު ބޮޑުވި ވަގުތު އުދަ އަރައި މުޅި ރަށް ފެންބޮޑުވެފައެވެ. ބައެއް ގެތަކަށް ފެން ވަންނާތީ ވަނީ ވެލި ބަސްތާ ވެސް ޖަހާފައެވެ.
ގެއްލުންވި ރަށްތަކަށް އެ ރަށެއްގ ކައުންސިލުންނާއި އެމްއެންޑީއެފުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.