ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށާއި އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ފައިސަަލް އާލާސްކަންފުޅާ އުޅުއްވާތީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ވަނީ ފަރުވާ ހޯއްދަވާފައެވެ. އަދި ކޮވިޑް ޓެސްޓް ހެދި އިރު ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ކޮވިޑް ބަލި މަޑުކަން ފެތުރެން ފެށި ފަހުން ރާއްޖޭގެ އިސް ވެރިންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ އަހަރު ފަރުވާ ހޯއްދަވާފައެވެ. އެ މަނިކުފާނު އޭރު ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައި ވަނީ ކޮވިޑްއަށް ޕޮޒިޓިވް ވެގެންނެވެ.