ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އެހީތެރިޔާ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އެމީހާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ “ކެއާ ޓޭކާ” އަނިޔާކުރި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
މިހާރު އެ މީހާ އެތަނުން ނެރެފައިވާ ކަމަށާއި، އާއިލާ އަށް އެކަން އަންގާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީއިން މިހާރު އެމިހާ ބަލަމުންދާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
އެމީހާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ އިރު، އެވީޑިއޯއިން ފެންނަ ގޮތުގައި އެ ކެއާ ޓޭކާ ވަރަށް ބާރަށް އެބަލި މީހާގެ މޫނުގައި ޖަހާ މަންޒަރު ފެނިގެން ދެއެވެ. އަދި އެމީހާ ޖެހުމާއެކު ބަލި މީހާ ބާރަށް ރޯން ފެށި މަންޒަރާ އަޑު އިވިގެން ދިޔައެވެ.
އެބަލިމީހާ ފެސިލިޓީއަށް ލައިގެން ނުބެލެހެއްޓޭ ވަރު އާއިލާއެއް ކަމުގައި ވަނީނަމަ ދައުލަތުގައި ދަންނަވައިގެން ދައުލަތާ ހަވާލު ކުރީމަ ނިމުނީނުން އެހާ ހާލުގަ އޮތް މީހަކަށް ބޭރުމީހަކު ލައްވާ އަނިޔާކުރުވަން ބޭރުމީހަކު ބަހައްޓަންވީ ކީއްކުރަން އާއިލާ އެކަމުގަ ޒިއްމާ ނަގަންޖެހޭނެ