މިއަދު ހުޅުމާލެއާއި މާލެއާ ދެމެދު ސިނާމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރެވެ. އަދި މި އެކްސިޑެންޓްގައި އާމިރަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އާމިރަށް ލިބުނު އަނީޔާތަކަށް މިހާރު ދަނީ ޓްރީ ޓޮކް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދާން ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއް ފުރޮޅު ފަޅައިގެން ގޮސް ކަހާލައިގެން ވެއްޓި އެ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހަވީރު 5:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އާމިރާއި އޭނާގެ އާއިލާގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.