އިންޓަނެޓުގެ އަގު އިއުލާނު ކުރުން އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މިހާރު ހަމަޖައްސާފައި އޮތީ އިންޓާނެޓްގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު އެ ދުވަހު އިއުލާން ކުރާ ގޮތަށް ކަމަށެވެ. އަދި އެ ދުވަހުގެ 10 ޖަހާއިރު އެކަން އިއުލާން ކުރާނެކަމަށް އޭނާ ވިދާޅުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އާ ސިޔާސަތާއެކު އިންޓަނެޓުގެ އަގުތަކަށް ހެޔޮވެގެން ދާނެއެވެ.

ސަރުކާރުން ހުށަހަޅާ އަގުތައް:

  • 5 އެމްބީޕީއެސްގެ ސްޕީޑުގައި 250 ރުފިޔާ އަށް 30 ޖީބީ (ތްރޮޓްލް ސްޕީޑްގައި 2 އެމްބީޕީއެސް)
  • 15 އެމްބީޕީއެސްގެ ސްޕީޑުގައި 500 ރުފިޔާ އަށް 100 ޖީބީ (ތްރޮޓްލް ސްޕީޑްގައި 5 އެމްބީޕީއެސް)
  • 25 އެމްބީޕީއެސްގެ ސްޕީޑުގައި 750 ރުފިޔާ އަށް 200 ޖީބީ (ތްރޮޓްލް ސްޕީޑްގައި 5 އެމްބީޕީއެސް)

އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ.

އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އަދި ވެސް އެވައުދު ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.