މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާ ހަރުކަށި ކުރާ ކާފިއު ނޫން ވަގުތު ތަކުގައި ބޭރަށް ނުކުމެވޭނީ ފާސް އޮވެގެން ކަމަށާއި ކޮންމެ ގެއަކަށް 2 ފާސް ދޫކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބަައްދަލުވުމުގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން އަޅާ ފިޔަވަޅު އިއުލާން ކޮށްފައެވެ. އެގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއުން ހިންގާ ވަގުތު ވަނީ އިތުރު ކޮށްފައެވެ. ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއު ހިންގާއިރު ކާފިއު ނޫން ވަގުތު ތަކުގައި ނުކުންނަ އިރު ޕާމިޓް ބޭނުން ކުރަން ޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮންމެ ގޭބިސީއަކަށް 2 ފާސް ދޫކުރާނެ ކަމަށާއި އަދި ކޮންމެ ފާހެއްވެސް ދޫކުރަނީ 4 ގަޑިއިރަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފާސް ދުކުރަމުން ގެންދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ދަންފަޅި އަކީ ހެނދުނު 8 އިން މެންދުރު 12 ކަމަށާއި ދެވަނަ ދަންފަޅި އަކީ މެންދުރު 12 އިން ހަވީރު 4 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން ފާސް ދޫކުރަނީ މަގުތަކަށް ނުކުމެ އުޅޭ މީހުން މަދު ކުރުމަށެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އޮތް ކާފިއު ވަގުތު އިތުރު ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުަޖމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި ކާފިއު ހިންގާ ވަގުތު ހަވީރު 4 އިން ހެނދުނު 8 އަށް ބަދަލު ކޮށްފައި ވާ ކަމަށެވެ. އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި، އެ ނިންމުން 2 ހަފްތާގެ މުއްދަތައް ދެމި އޮންނާނެ ކަމަށެވެ.

ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ވިޔަސް ބޭރަށް ނުކުމެ އުޅެވޭނީ ފާހެއް އޮވެގެން ކަމަށާއި އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ފާސް އޮތް ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅެން ވާނީ ޒަރޫރީ ބޭނުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ހާއްސަ ފިޔަވަޅުތަކާ އެކު އަންނަ ބުދަ ދުވަހުގެ ފަހުން ބޭރަށް ނުކުމެ އުޅޭ އިރު، ހުޅުމާލެ އިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތުރު ނުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ފާސް ދޫކުރާ އިރު ދެ ޒޯނަކަށް މާލެ ސަރަހައްދު ވަނީ ބަހާލާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެ ކަމަށާއި ދެވަނަ ޒޯނަކީ މާލެ އަދި ވިލިމާލެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން މި ހާއްސަ ފިޔަވަޅުތަކާއެކު ހުފާސް އޮތް ނަމަވެސް ޅުމާލެއިން މާލެއަށް ދަތުރު ނުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ފާހާ އެކު އުޅެވޭނީ އެ ބަޔަކު ދިރިއުޅޭ ޒޯނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ކޮވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނުތާ 443 ދުވަސް ވެފައިވާ އިރު މި މަހަކީ މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު ޖުމްލަ 24،530 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މި ބަލީގައި މަރުވި ދިވެހިންގެ އަދަދު މި ވަނީ 120 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވި 15 ބިދޭސީއަކާ އެކު މިހާރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 135 އަށް އަރާފައެވެ. މިދިޔަ އަހަރު 51 މީހަކު މި ބަލީގައި މަރުވެފައިވާ އިރު މި އަހަރު މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 84 އަށް އަރާފައެވެ.