ފަލަސްތީނަށް ތާއީދުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓުން "ފްރީ ފަލަސްތީން" ހޭޝްޓެގް ފޮހެލި ސަބަބު ހާމަ އެއް ނުކުރިއެވެ.
ސަރުކާރުގެ ހުރިހާ ކުންފުންޏަކުންވެސް އެ ހޭޝްޓެގް ބޭނުން ކުރަމުން ދާއިރު އެމްއޭސިއެލުން ފުރަތަމަ ކުރި ޕޯސްޓް ޑިލީޓް ކުރިއެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ކުންފުނިން އެހެން ކަންތައް ކުރީ ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓް ވިދާޅުވެގެން ކަމަށް ބުނެ ވަނީ ތުހުމަތު ވެސް ކޮށްފައެވެ. ސަރުކާރުން ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، ސަރުކާރުގެ ކުންފުންޏަކުން އެފަދަ ޕޯސްޓެއް ޑިލީޓު ކޮށްގެން ނުވާނެ ކަމަށް އެތައް ބަޔަކު ދިޔައީ ބުނަމުންވެ.
ޓްވިޓް ޑިލިޓް ކުރުމަށްފަހު އަލުން ހޭޝްޓެގް ނުލާ އެރުވި ސަބަބާމެދު "ދަ ޕްރެސް" އިން ކުރި ސުވާލަށް އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ސީދާ ޖަވާބެއް ނުދެއްވައެވެ. އަދި އެގޮތަށް އެރުވުމުން އަލުން ޓްވީޓް އެޑިޓް ނުކުރި ސަބަބާމެދު ސުވާލު ކުރެއްވުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެއީ ކުރަން ރަނގަޅު ކަމެއް ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޓްވީޓް ކުރުމަށް އިތުރު ޕޯސްޓްތަކެއް ހަދާފައިވާ ކަމަށާއި އެ ޕޯސްޓްތައް ޓްވިޓް ކުރައްވާނެ ކަމަށެވެ.
އެ ހޭޝްޓެގް ފޮހެލި ސަބަބަކީ ފަލަސްތީނާ ދެކޮޅު ސީއީއޯއެއް ހުރުން ކަމަށް އާންމުން ބުނަމުން ދާއިރު، އަރީފު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޓްވީޓު ނެގީ އެމްއޭސީއެލް ފަދަ ކުންފުންޏަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރާ އިރު، ސެންސިޓައިޒް ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އަދި އެ ޓްވީޓު ޑިލީޓް ކުރުމުގައި ސީއީއޯގެ އެއްވެސް އިރުޝާދެއް ނުވަތަ ބައިވެރިވުމެއް ނެތް ކަމަށާއި އެއީ ސީއީއޯއާ އެއްވެސް ގުޅުމެއްވެސް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލް ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނަވަނީ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. އޭނާގެ އިތުރުންވެސް ބޭރުގެ މީހުން އެމްއޭސީއެލްގެ ބައެއް އިސް މަގާމުތަކަށް ވަނީ މި ފަހުން ލާފައެވެ.
ގުއިނުދޮންނަ ކާފަރަކަށް ބިރުން ނަގޫފިތުނަސް ތަންކޮޅެއް ބޮޑުވަރުމިދެން. އެއެކޭމިއެކޭ ކިޔާފަ މަތިއޮމާންކުރަން އުޅޭތި.
ގޯލްޑަންއެއް ސިލްވަރއެއް ކިޔާނެކަމެއްނެތް.. މިހާރުން މިހާރަށް ތިޔަކަން ބަލާފަ އޭނާ ޤައުމަށްފޮނުވާލާ...