އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކާ އެކު ފަަލަސްތީން ސުންނާފަތިވެ އެތައް މުސްލިމުންތަކެއް ހާލުގައި ޖެހިގެން ދާ މަންޒަރު ބަލަން ދިވެހިންގެ ހިތްތަކަކަށް ކުޅަދާނައެއް ނޫނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުން ފެންނަމުން ދިޔަ މަންޒަރުތަކުން ދިވެހިންގެ ހިތް ރޮއްވާލިއެވެ. ފަލަސްތީންގެ މުސްލިމުންނަށް ޖެހިފައިވާ ހާލު ފެނުމުން ދިވެހިންގެ އުދާސްތަކާއި ޝުއޫރުތައް ބަންޑުން ކޮށްލީ މުސްލިމުންނަކީ އެއްބައެއްކަން ދޭހަ ކޮށްދެމުންނެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން ދިވެހި ޒުވާނުންތަކެއް ފޮޓޯއަށް ހުއްޓިލައިގެން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެގޮތުން މަދު ޒުވާނުންކޮޅެއް އެކުވެގެން ޓްވިޓާގައި ގްރޫޕެއް ހަދައި ފަލަސްތީނާ އެއްކޮޅަށް އަޑުއުފުލާ ޕޯސްޓްތަކެއް ޖަހަން ފެށިއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ގްރޫޕަށް ގިނަ ބަޔަކު ސަމާލުކަން ލިބި އެ ޒުވާނުންނާ އެއްބައިވެ އެ ޓީމްގެ މެންބަރުން އިތުރުވެގެން ދިޔައެވެ. އެ ހިސާބުން އަމިއްލައަށް ކުޑަ ބަޖެޓެއްގައި ފަލަސްތީނާ އެކު ރާއްޖެ އޮތްކަން ދައްކުވައި ދިނުމަށްޓަކައި އިވެންޓެއް ބާއްވަން އެ ޒުވާނުންގެ މެދުގައި ވާހަކަ ދެއްކިއެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން ދިވެހި ޒުވާނުންތަކެއް ދިދަ ހިފައިގެން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ގިނަ ބައެއްގެ ތާއީދު އެކަމަށް ލިބިގެން ދިޔަ އިރު އެ އިވެންޓް ބާއްވަން ޖެހުނީ ރާއްޖޭގައި ކޮވިޑް ބަލި ހަލުވި ކަމާ އެކު ފެތުރެމުން ދިޔަ ދުވަސްވަރެއް ގައެވެ. ނުރައްކާ ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި މާލޭގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން ކުޑަ ކުއްޖެއް ދިދަ ވިހުރާލަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް ކާފިއު ހިންގަމުންދާތީ މި އިވެންޓް ބާއްވަން ޖެހުނީ ގޭގައި ތިބެގެން އެންމެންނަށް ބައިވެރިވެވޭ ފަދަ ފަސޭހަ ގޮތަކަށެވެ. އެގޮތުން ގޭގެ ބެލްކަނިން ނުވަތަ ކުޑަދޮރުތަކުން ބޭރަށް ނުކުމެ ރާއްޖެ އާއި ފަލަސްތީންގެ ދިދަ ވިހުރުވާލަން އެ ޓީމް އެދުނީ މިއަދުގެ ހަވީރު 4 އިން 6 އަކާ ދެމެދުއެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން ގޭގޭގެ ބެލްކަނިތަކުގައި ދިދަ ހަރުކޮށްފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މި އެދުމަށް ގިނަ ބަޔަކު ވަނީ އަމިއްލައަށް އިސް ނަގައިގެން އެކި ސައިޒުގެ ދިދަތައް ފަހާފައެވެ. އެއްބަޔަކު ދިދަ ޕްރިންޓްކޮށްފައިވާ އިރު އަނެއް ބަޔަކު ވަނީ ކަރުދާހުގައި ދިދަ ކުރަހާފައެވެ. އަދި ބައެއް މީހުން ދިދަ ފަހާފައި ވެސް ހުއްޓެވެ. އޭގެތެރެއިން ބައެއް ފަރާތްތަކުން ދިދަ ހަދިޔާ ކޮށްފައިވާ ކަން އެ ޓީމުން އުފަލާއެކު ފާޙަގަ ކުރެއެވެ. އަދި މިފަދަ ގޮތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލައަށް އިސްނަގައިގެން ބަޔަކު އެޓީމާ އެކު ވުމަކީ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނަށް ލޯބި އޮތް މިނަވަރު ދައްކުވައިދިން ކަމެއްގެ ގޮތުގައި އެ ޓީމުން ދެކެއެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން މާލޭގެ އުސް އިމާރާތެއްގައި ފަލަސްތީންގެ ބޮޑު ދިދައެއް ހަރުކޮށްފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ބައެއް އުސް އިމާރާތްތަކުގައި ދިގަށް ވާނެ ހެން ފަލަސްތީންގެ ބޮޑު ދިދައެއް ވައްޓާލާފައި އޮތް އިރު ބައެއް މަގުތަކުގައި ވެސް ބެނާ އެއްހެން ފަލަސްތީންގެ ދިދަތައް ވަނީ ދަމާފައެވެ. ހަމައެއާއެކު ބެލްކަނިތަކުގައި މެދު ސައިޒުގެ ދިދަ ދަމާފައި ހުރި އިތު ކުދި ދިދަތައް ވެސް އެއްފައްޗަކަށް ދަމާފައި ހުރި ގެތައް ވެސް މަދެއް ނޫނެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިންދިވެހި އާއިލާއެއް ފޮޓޯއަކަށް ހުއްޓިލައިގެން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ކޮވިޑްގެ ސަބަބުން ބޭރަށް ނުކުމެ އުޅޭ އިރު މާސްކް އަޅަން މިހާރު އޮންނަނީ މަޖުބޫރު ކަމަކަށް ވެފައެވެ. އެހެން ކަމުން ގޭގޭގެ ދޮރުމައްޗަށް ނުކުމެ އުޅުނު ބައެއް މީހުން މާސްކް އަޅައިގެން އުޅުނީ ވެސް ފަަލަސްތީންގެ ދިދައިގެ ކުލަތައް ބޭނުން ކޮށްގެންނެވެ. ހެދުން އެޅުމުގައި ވެސް ގިނަ ބަޔަކު އެ ކުލަަތައް ބޭނުންކޮށްފައިވާ ކަން ފަހާގަ ކޮށްލެވެއެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިންކުޑަކުދިންތަކެއް ގޭގެ ދޮރުމައްޗަށް ނުކުމެ ފަލަސްތީންގެ ދިދަ ވިހުރާލަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މަގުމަތިން ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަމުން ދިޔައީ ހަތަރު ކުލައެވެ. ކަލާއި ހުދާއި ރަތާއި ފެއްސެވެ. ދިވެހިންގެ ދިދައިގައި ވެސް ހިމެނޭ ތިން ކުލައަށް އިތުރު ވަނީ ކަޅު ކުލައެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިންދެ ކުއްޖަކު ގޭގެ ދޮރުމައްޗަށް ނުކުމެ ފަލަސްތީންގެ ދިދަ ވިހުރާލަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މަގުތަކަށް ނުކުމެ އުޅުނު ކުޑަކުދިން ދިދަ ވިހުރާލަމުން ބުނަނީ "އައި ލަވް ފަލަސްތީން" އެވެ. މަގުތަކުގައި އުޅުނު ޒުވާނުން ބުނީ "ފްރީ ފަލަސްތީން، ދިވެހިން ވެސް ފަލަސްތީނާ އެކު" މިހެންނެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބި ކަން އަންގައި ދިނުމަށް ހިންގި ހަރަކާތުގެ ތެރެއިންކުޑަކުދިންތަކެއް ގޭގެ ބެލްކަނީގައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ހުރިހާ ދިވެހިން ވެސް މިއަދު ބޭނުން ވަނީ އެއް ކަމެކެވެ. ހުރިހާ ދިވެހިން ގޮވަމުން ދަނީ އެއް އަޑަކުން އެއް ލަވައެކެވެ. ފަލަސްތީނަށް ޔަހޫދީ އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލާށެވެ. މުސްލިމުންނަށް ދޭ އަނިޔާތައް ނިންމުމަކަށް ގެންނަން މުޅި ދުނިޔެ އެކީ އަތުކުރި އޮޅާލަމާ ހިންގާށެވެ. ދިވެހިން ވެސް މިތިބީ ފަލަސްތީނާ އެކީގައެވެ.