ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައި ވާ ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން 160 މީހަކު ޖޫރިމަނާ ކޮށްފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅާ މަގުމަތީގައި އުޅެގެން 103 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކާފިއު ގަޑިތަކުގައި ބޭރުގައި އުޅެގެން 160 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާއިރު އެގަޑިތަކުގައި ވެހިކަލް ދުއްވައިގެން 23 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
ކާފިއު ވަގުތުގަިއ ބޭރުގައި އުޅުމާއި، ވެހިަކލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުން އަދި މާސްކު ނާޅާ ބޭރުގައި އުޅުމުން ވެސް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުނެއެވެ.
މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.
ރައްޔިތުންގެ ސަރުކާރެއް ރައްޔިތުންނަށް ހިންގައިދެވޭނީ ކޮންމެވެސް ވަރަކަށް ރައްޔިތުން ފެލައިގެން ލާރިކޮޅެއް ހޯދައިގެންތާ. މިނޫންއެހެންގޮތެއް މަށަކަށް ފެންނާކަށް ނެތެންނު. މިއީ މިޕާޓީގެ ހެޔޮވެރިކަމެއްނު. އެދޭހުރިހާ މިފުރުޞަތު ހޯއްދަވާދެއްވާ ޒަޢާމަތު ގާވެޔޭ ޝުކުރުގެ ޖިޒީ ޔާމީނުއަރިހަށް ފޮޅުނު މާމަލުގާ.