މިއަހަރު ފެށުނު ފަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 428،400 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް މިމަހުގެ ތެރޭގައި 38،630 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ 428400 އަށް އަރާފައެވެ.

އިއްޔެ ނިޔަލަށް މި މަހު 38،630 ފަތުރުވެރިން އައިސްފައިވާ އިރު މި މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދުވަހަކީ މި މަހުގެ އެއްވަން ދުވަހެވެ. އެ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އުޅެނީ 3825 ގައެވެ. އެއަށް ފަހު ދެން އެންމެ ގިނަ ފަތުރުވެރިން މި މަހު އައިސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހެވެ. އެއީ 3397 ފަތުރުވެރިންނެވެ.

މި މަހުގެ އިއްޔެ ނިޔަލަށް ޖުމްލަ 428،400 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 382،775 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 2019 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަނީ 700،493 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ތަފާސު ހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށުނު ފަހުން އިއްޔެ ގެ ނިޔަލަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 32،019 ފަތުރުވެރިންނެވެ. އަދި ޔޫކްރެއިން ވަނީ ލިސްޓުގެ ތިން ވަނައިން ޖާގަ ހޯދާފައެވެ.

މި އަހަރު ފެށުނު ފަހުން އިއްޔެގެ ނިޔަލަށް ރާއްޖޭގެ 154 ރިސޯޓަކާއި 422 ގެސްޓް ހައުސް އަދި 10 ހޮޓަލެއްގެ އިތުރުން 137 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 3173 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ.