ޒުވާން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.

ގެއްލިގެން ހޯދަނީ ހދ. ނޮޅިވަރަމްފަރު / މޯނިން ސަން، މިސްބާހް މުހައްމަދު (25އ) އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓު ކޮށްފައި ވަނީ މިދިޔަ މަހު ކަމަށެވެ. އަދި އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިސްބާހުއަކީ ހިކި މީހެއް ކަމަށާއި، ލޮލުގެ ކުލަ ކަޅު އަދި ކަޅު އިސްތަށިގަނޑެއް ހުންނަ ޒުވާނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާ ކޮށްދިނުމަށް ފުލުހުން ބުނެއެވެ.