މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންދިއެވެ.

ނަޝީދު ޖަރުމަނަށް ފުރަާވަޑައިގަތީ، ޖަރުމަނު ސަރުކާރުން ފޮނުވި އެއާ އެމްބިއުލާސެއްގައި މިއަދު ހެނދުނެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު ޖަރުމަނަށް ވަޑައިގަތުމުގެ ހުރިހާ ހަރަދަކާއި ބޭހުގެ ހުރިހާ ހަރަދެއް ކުރަނީ ޖަރުމަނު ސަރުކާރުން ކަމަށެވެ. އަދި އެކަން އިންތިޒާމް ކުރުމުގައި ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް ކްރިސްޓިއަން ވޮންގެ ދައުރު ބޮޑުކަމަށެވެ.

ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތީ ހަމަލާއަށް ފަހު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާފައެވެ.

ނަޝީދު މިއަދު އެއާޕޯޓަށް ވަޑައިގެންފައި ވަނީ އެމްއެންޑީއެފްގެ ހައި ސެކިއުރިޓީގައި ސީދާ ހޮސްޕިޓަލުން އެއާޕޯޓަށެވެ.