މާލެއިން ޒުވާން އަންހެނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.

ގެއްލިގެން ހޯދަނީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ) އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެން ކަމަށެވެ. އަދި އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އާމިނަތު ހުމައިނާ ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއްް ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ބުނެއެވެ.