އެމްއެމްޕީއާރުސީ ހިޔާނާތުގެ ކަޅު ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް އާންމުކުރަން ކޮމިތީން ފާށްކޮށްފިއެވެ.

އެގޮތަށް ފާސްވީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ،

މިއަދު މަޖިލީހުގެ 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އެ ލިސްޓް ދިރާސާކުރަން އެކުލަވައިލި ޖޮއިންޓް ކޮމިޓީން ވަނީ ލިސްޓް އާންމު ކުރާނެ ކަމަށާއި އެ ލިސްޓުގައި 119 މީހަކީ މަގާމުތަކުގައި ތިއްބެވި މީހުން ކަން ހާމަކޮށްފައެވެ. އަދި އާންމުކުރާނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިން ވަނީ އާންމު ކޮށްފައެވެ.

ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ފައިސާއިން 281 މީހަކަށް މަންފާ ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ ލިސްޓް ދިރާސާކުރަން 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އެކުލަވައިލި ޖޮއިންޓް ކޮމިޓީން ފުރަތަމަ ނިންމާފައި އޮތީ ލިސްޓްގެ ސިއްރުކަން ހިފެހެއްޓުމަށާއި މަސްލަހަތު ފުށުއަރާ މެންބަރުން ކޮމިޓީގަައި ނުތިބުމަށެވެ.

ހަމައެއާއެކު ރޭގެ އެ ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުބވުމުގައި ވަނީ ހިޔާނާތުގެ ލިސްތޫގައި ހިމެނޭ މީހުންގެ ތެރެއިން މަގާމުތަކުގައި ތިއްބެވި މީހުން މަގާމުން ވަކި ކުރުމަށެވެ. އެގޮތަށް އެހްނ ނިންމީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކި ނުކުރެވޭ ނެތީ އެވެެ.

ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ މައިގަނޑު ގޮތަކަށް 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތުއޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.

ހަމައެއާއެކު މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުންް ފައިސާ އަނބުރާ ހޯދަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދެންނެވުމާއި އެކަން ކުރިއަށްދާ ގޮތް މަޖިލީހުން ބެލުން ހިމެނެއެވެ. ތަހުގީގު ކުރިއަށް ދާއިރު ތުހުމަތުވާ ފަރާތްތަކަށް މިހާރުން މިހާރަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ.