މިހާރު ކުރިއަށްދާ އެސްއެސްސީ އިމްތިހާނުގައި ގާޒީ ސްކޫލުގައި ނުބައި ޕޭޕަރެއް ބައެއް ދަރިވަރުންނަށް ބެހުނު ނަމަވެސް އެ ދަރިވަރުންނަށް އެ ޕޭޕަރުގެ އެތެރެ ފެނިފައި ނުވާތީ ކުރިން ތާވަލު ކުރެވިފައިވާ ގޮތަށް މާދަމާ ދިވެހި މާއްދާގެ އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށްދާ ބައިނަލްއަގުވާމީ އަދި ގައުމީ އިމްތިހާނުތައްވެސް އިންތިޒާމު ކުރެވިފައިވާގޮތުން ސުވާލު ކަރުދާސް ދަރިވަރުންގެ މޭޒުމަތީ ބޭއްވުމަށްފަހު، ދަރިވަރުން ސުވާލު ކަރުދާސް ކިޔާނީއެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ޗެކު ކުރުމަށްފަހު ކަމަށެވެ. އަދި ދަރިވަރުން ޕޭޕަރު ކިޔާނީ އެކަމަށް އިންވިޖިލެޓަރު އިރުޝާދު ދިނުމުން ކަމަށްވެސް މިނިސްޓްރީ އިން ބުނެއެވެ.
އެގޮތުން މެއި ތިންވަނަ ދުވަހު އޮތް އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1، އިންވިޖިލޭޓަރަށް އޮޅިގެން ދެ ކުއްޖެއްގެ މޭޒުމަތީ ބޭއްވުނު ނަމަވެސް ދަރިވަރުން ސުވާލު ކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަވި ކަމަށާއި އެކަރުދާސް ތައް އަތުލައި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ އިރުޝާދުގެ ދަށުން އެ ކަރުދާސްތައް އަލުން ބަންދުކޮށް، ރައްކާތެރި ކޮޓަރީގައި ރައްކާ ކުރެވިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެ ދަރުވަރުންނަށް ޕޭޕަރު ފެނިފައިވާތީ ޑީޕީއީ އިން ބެލިކަމަށާއި، އަދި އެއްވެސް ދަރިވަރަކަށް ދިވެހި ކަރުދާސް 1 ގެ ސުވާލުތައް ފެނިފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެ މިނިސްޓރީން ބުނެއެވެ. އެހެންކަމުން ކުރިންވެސް ތާވަލު ކުރެވިފައިވާގޮތަށް ދިވެހި ކަރުދާސް 1 ގެ އިމްތިހާނު މާދަމާ، އޮންނާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު މި އަހަރުގެ އޭލެވެލް ޕޭޕަރުތަކެއް ލީކުވެފައިވާ މައްސަލައަކާ ގުޅިގެން ވަނީ އެ އިމްތިހާނު ހުއްޓާލާފައެވެ. ޕޭޕަރު ލީކުވިކަން އެނގުމުން ވަގުތުން އެޑެކްސެލްއާއެކު މަޝްވަރާ ކުރިއެވެ. އެންމެފުރަތަމަ ލީކުވެފައިވަނީ ފިޒިކްސް ޕޭޕަރާއި ބަޔޮލޮޖީ ޕޭޕަރެވެ.
އެ މަޝްވަރާ ތަކަށްފަހު އެއްވެސް ޕޭޕަރެއް ލީކް ނުވާނެ ކަމުގެ އެޑެކްސެލް އިން ދިން ނަމަވެސް ޖެހިގެން އައި ދުވަހުގެ އިމްތިހާނު ފެށެން 1 ގަޑިރަށް ވެފައި ވަނިކޮށް ކެމިސްޓްރީ ޕޭޕަރު ވަނީ މާކިން ސްކީމާ އެއްކޮށް ލީކުވެފައެވެ.
އެ މައްސަލާގައި އެޑެކްސެލްއާ މަޝްވަރާ ކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް ދެ ގޮތެއް ހުށައަޅަން ނިންމާފައެވެ. އެއް ގޮތަކީ ދަރިވަރުން ބޭނުންނަމަ އޭޕްރިލް/މެއި އިމްތިހާނުން ވަކިވެ އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ބަދަލުވުމެވެ. ދެވަނަ ގޮތަކަށް ދަރިވަރުންނަށް ހުށައަޅާފައި ވަނީ ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައަޅާ ކިޔެވުން ނިންމާލުމެވެ.
އިންވިޖިލޭޓަރަކަށް ނޯޅޭނެ، ސަބަބީ ޕޭޕަރު އިންނަ ދުވަހު ޕޭޕަރު ގެންދަނީ ވެސް ސްކޫލަށް ޑިޕާޓްމަންޓް މަންޓް ނަގައިގެން އެހެންވީމަ ޑިޕާޓްމަންޓް އިން އޮޅުވާލަފަ ތިހުރީ