ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން ހަމަޖައްސަވައިފިއެވެ.
ހަމްދާން އަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީއިން ޕޮލިސީ ސްޓަޑީޒް އިން ބެޗްލާސް ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން ޑިމޮކްރަސީ އެންޑް އިލެކްޝަންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލް ކުރައްވާފައި ވެއެވެ.
ހަމްދާން އަކީ ގިނަ ބަޔަކު ދަންނަ މީހެއް ކަމުގައި ނުވިޔަސް އޭނާ ވަނީ މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރައީސް އޮފީހުގައި މަސައްކަތް ކުރައްވައިފާފައެވެ.
މީގެ ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާގައި ހުންނެވީ މިއަދު އެންވާރަމަންޓު މިނިސްޓަރުކަން ދެއްވި އައިމިނަތު ޝައުނާއެވެ.