ގައިދީންގެ ތެރެއިން ހައިރިސްކް މީހުން ވަގުތީގޮތުން ގޭބަންދަށް ބަދަލުކުރަމުން ދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދު މިރޭ ކުރެއްވި ޓްވީޓުގައި ވަނީ ޖަލުތަކުގައި ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ގައިދީންގެ ތެރެއިން ހައިރިސްކް މީހުން އެމީހުންގެ ގޭގެއަށް ވަގުތީގޮތުން ބަދަލުކުރަމުން ދާ ކަމަށެވެ. މިހާރަކަށް އައިސް ޖަލުތަކުން ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެވެ.

ކ. މާފުށީ ޖަލުގެ އޮފިސަރުން ތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މިރޭ އެމަނިކުފާނުގެ ގެއަށް ވަގުތީގޮތުން ބަދަލުކޮށްފައެވެ.