ކ. ދިއްފުށި ގޮނޑުދޮށުން މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ހަށިގަނޑުގައި އެއްވެސް އަނިޔާއެއް ނެތް ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މީހާއަކީ އެ ރަށުގެ ގެސްޓްހައުސް އެއްގައި ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުން ދިޔަ މީހެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މިއަދު މެންދުރު ފަހު 1:15 ހާއިރު ދިއްފުށި ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާއަކީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ރަށުގެ ގެސްޓް ހައުސްއެއްގައި ކަރަންޓީން ފުރިހަމަ ކުރަމުން ދިޔަ މީހެއް ކަަމަށެވެ. އޭނާގެ ދިހަ ދުވަހުގެ ކަރަންޓީން ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހަށެވެެ.

އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.