ކ.ދިއްފުށީ މޫދުގައި މަރުވެފައި އޮތް މީގަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ދިއްފުށީގެ ބަނދަރު ސަރަހައްދުގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު މެންދުރު 1:15 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 23އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި އެއީ ފަތުރުވެރިއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މިވަގުތު އޮތީ ދިއްފުށީ ސިއްހީ މަރުކަޒުގައި ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.