ތ. ގާދިއްފުއްޓާއި ލ. މާވަށް ފިޔަވައި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކޮށްފިއެވެ.
ތ. ގާދިއްފުއްޓާއި ލ. މާވަށުގެ ދާއިމީ ނަތީޖާ ގެޒެޓުކޮށްފައި ނުވަނީ އެ ދެ ރަށުގެ ވޯޓުލުން އަލުން ކުރިޔަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީއެވެ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައި ވާތީއެވެ.
އެގޮތުން ގާދިއްފުށީފައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީ އާ ދެމެދު ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާވަށުގައި ކުރިއަށް ގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނި ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި އެ ދާއިރާތަކުގައި އަލުން ވޯޓުލާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އީސީން ބުނެފައި ވެއެވެ. .