ދޯންޏެއްގައި އަލިފާން ރޯވެ ދެ ފަޅުވެރިއަކަށް އަނިޔާ ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ކ. ކުޑަވިލިނގިލި ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރޭ ދަންވަރު 3:23 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާ ހިންގި އިރު އެ ދޯނީގައި ތިބީ 4 މީހުން ތިބި ކަމަށާއި އޭގެތެރެއިން ދިވެހި ފަޅު ވެރިޔަކަށް އޭރު އަނިޔާ ވެފައިވާ ކަމަށް އެންއެމްޑީއެފުން ބުނެއެވެ.

މި ހާދިސާގައި ދެ ފަޅުވެރިއަކަށް އަނިޔާ ވެފައިވާ ކަމަށާއި އެއީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ދޯނީގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމަށް ފަހު އަނިޔާވި ދެމީހުން ވަނީ މާލެ ގެނެސްފައެވެ.

މި ހާދިސާ ހިންގަން މެދުވެރިވީ ދޯނީގެ ބަދިގޭގައި ކައްކަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.