ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގި މައްސަލައެއްގެ ތަހުގީގަށް ހާޒިޒުވުމަށް ބިދޭސީއަކަށް އަންގާ އިއުލާނު ކޮށްފިއެވެ.

ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ އެމްޑީ އިދްރީސް ނަމަކަށް ކިޔާ 34 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ C1497280 އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބިދޭސީ މީހާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

އޭނާ ހާޒިރު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ ހާޒިރު ވާން ޖެހޭނީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް، އޭޕްރީލް 29، 2021 ވަނަ ދުވަހުގެ 10:00 ގައި ކަމަށެވެ.

ފުލުހުން އެމްޑީ އިދުރީސް ހޯދަން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެ އިއުލާނު ކުރިއެވެ. ނަމަވެސް އޭނާ ހޯދަން އިއުލާނެއް ކޮށްލުން ފިޔަވައި އޭނަ ހޯދަން ފުލުހުން މިހާތަނަށް ކުރި މަސައްކަތެއް ސާފެއް ނުވެއެވެ.