މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރޭ އިރުއޮއްސޭ އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން ކަށަވަރުވާ ކަަމަށެވެ.

މިނިސްޓަރު ވަނީ ރޯދަ ހިފުމަށް ފަރުވާތެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރި ވެފައެވެ.

އެހެންކަމުން މާދަމާއަކީ ޝައުބާން މަހުގެ 30 ކަމަށާއި، ރޯދަ ފެށޭނީ އަންގާރަ ދުވަހުއެވެ.

މިއަދު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައި ނުވުމުގެ އިތުރުން މިއަދުގެ އިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ނުފެންނާނެ ކަމަކަށް އިތުބާރު ހުރި ފަލަކީ ހިސާބަކުން ވެސް ދައްކައެވެ.