ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ވިފްކޯ ގަރާޖް ކުރިމަތީ ހިރި ކުނިތަކެެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:29 ހާއިރު ކަމަށެވެ.

އަދި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެމްޑީއެފުން މައުލޫމާތު ދެއެވެ. ނަމަވެސް އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ސާފެއް ނުވެއެވެ.

ހުޅުމާލޭގައި އަލިފާނުގެ ހަދިސާއެއް ހިނގާފައި ވާއިރު، މިއަދު މެންދުރުވެސް ހުޅުމާލޭގައި ވަނީ ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ލޮޓް ނަންބަރު-11195 ގޭގެ ސިޓިންގް ރޫމުގައެވެ. އެ ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.