ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީތަކުގައި އަޑުގަދަ ކުރާ އާލާތްތައް ބޭނުން ކުރުން މަނާކޮށްފިއެވެ.

ޓެކްސީ ގަވައިދަށް ޓްރާންސްޕޯޓު އޮތޯރިޓީން ގެނެސްފައިވާ ހަތް ވަނަ އިސްލާހަށް މިއަދު އަމަލު ކުރަން ފަށާފައި ވާއިރު، އެ އިސްލާހުގައި ބުނެފައި ވަނީ ޓެކްސީ ސެންޓަރާއި، ޓެކްސީގެ ހިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާސަލާތީ ނިޒާމެއް" ގާއިމްކޮށްފައި ހުންނާންވާނެކަމަށެވެ.

އަދި އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަސްޓަމަރުންގެ ހުއްދަ ނެތި ދަތުރެއްގެ ތެރެއިން ބޭނުން ކުރެވޭނީ ޓެކްސީ ހިދުމަތް ދޭ ފަރާތުން ބޭނުން ކުރާ މުއާސަލާތީ ނިޒާމު އެކަނި ކަމަށެވެ. ގަވައިދުގައި ބުނީ އަޑު ނުކުންނަ އާލާތްތައް ދަތުރެއްގެ ތެރެއިން ޓެކްސީގައި ބޭނުން ކުރަން ވާނީ ކަސްޓަމަރުންގެ ހުއްދަ ލިބިގެން ކަމަށެވެ.

ޓެކްސީގެ ހިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާސަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫންވެސް މި ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުންކުރާންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެން އެ ނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެއް
ޓްރާންސްޕޯޓު އޮތޯރިޓީން

މީގެ އިތުރުން އެ އިސްލާހުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާންވާނެ ކަމަށެވެ. އަދދި އެފަދަ މުއާސަލާތީ ނިޒާމެއްގެ ބޭނުން ހިފާއިރު މުޖުތަމައުގައި ބަލައި ނުގަނެވޭ ފަދަ ބަސްތައް ބޭނުން ނުކުރުމަށް ވެއެވެ.